Advertisement

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް 26 ޖުލައި 2025 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުންއަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ތިރީގައިވާ ގޮތަށް ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފަައިވާ ކަމަށް އެމްއޭސީއެލް އިން މަޢުލޫމާތުދީފައި ވެއެވެ.

Advertisement

އިރުމަތީ ފަރާތު ޕާކިން ޒޯން:

17 ޖުލައި 2025 އިން ފެށިގެން މި ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން، މި ތާރީހުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނަންގަވައިދެއްވުން އެދެމެވެ.

ހުޅަނގު ފަރާތު ޕާކިން ޒޯން:

17 ޖުލައި 2025ގެ 18:00 ގެ ފަހުން މި ޕާކިން ޒޯނުގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެކެވެ.

މި ދެންނެވި ތާރީހަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މި ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް