އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
މިއަދު ބޭއްވި އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާގައި މިކަން ހާމަކޮށްފައިވާ އިރު، ކުރީ އަހަރު އެ ކޯޕަރޭޝަނަށް ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ.
އެމްއެމްޕީއާރްސީން ވަނީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް ދިޖަ ޕަސަންޓް މަދުކުރުމާއި ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި ކުރިން އޮތް 21 އިދާރާ ހަ އިދާރާއަށް މަދުކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާ ސަލާމަތްވި ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކުރިން ޖުމްލަ މާލެޓިން ބަޖެޓުގެ 80 ޕަސަންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގުވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ގެންގުޅުނު އުސޫލު އަލުން އެކުލަވާލައި އެ އަދަދު 34 ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ. އެކަމުގެ ސަބަބުން ބޮޑެތި އިވެންޓްތަކުން އެވްރެޖުކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު ދަނީ 21 އަށް ވުރެ ގިނަ ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. އަދޮ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، މިހާރު ޖުމްލަ އަގު ދިޖަ މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ، ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެ، ރާއްޖޭގެ ޓޮޕް ދިޖަ މާކެޓުން އަންނަ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު