Advertisement

ޓްރޭޑްމާކް ބިލް ބަލައިގަނެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފި

ރާއްޖޭގެ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށް، ޓްރޭޑްމާކުތައް ހިމާޔަތް ކޮށްދިނުމަށް މަޖިލީހަށް ހުށައަޅާފައިވާ ޓްރޭޑްމާކް ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށައެޅުއްވި މިބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement

މި ބިލު ބަލައިގަނެ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށެވެ.

ޓްރޭޑް މާކް ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށްދީ އަދި ޓްރޭޑްމާކްތަކުގެ ވެރިފަރާތްތަކަށް ހިމާޔަތްދީ އަދި އެއާހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.

ބިލުގައި ޓްރޭޑްމާކެއް ކަމަށް މާނަކޮށްފައިވަނީ އެއް ފަރާތެއްގެ މުދަލާއި އަނެއް ފަރާތެއްގެ މުދާ ތަފާތުކޮށް، ދެނެގަނެވޭ ކޮންމެ ނިޝާނަކަށެވެ. އެހެންނަމަވެސް ޓްރޭޑްމާކެއްގެ ގޮތުގައި ބެލެވޭނީ އެ ބިލުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ބިލުގައިވެއެވެ.

ޓްރޭޑްމާކްގެ ހައްގުތަކަށް އަރައިގަންނަ ބާވަތުގެ މުދާތައް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ދިނުމަށް ބިލުގައި ހުށަހަޅާފައި ވެއެވެ. އަދި ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވެސް ބިލުގައި ހުށައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް