Advertisement

ގިރާވަރުގެ ބިން ހިއްކޭ ވަރަކަށް ގޯތިތައް ހަވާލުކުރަނީ

“ބިންވެރިޔާ” ސްކީމްގެ ދަށުން ގިރާވަރު ފަޅުތެރެއިން ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކޭ ވަރަކަށް ހަވާލުކުރަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ “އަހާ” ފޯރަމުގެ ހަވަނަ އެޑިޝަނުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement

މުއްތަލިބު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު، އެޑްވާންސްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ކުރީ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނާއެކު އޭރު އެއްބަސްވުން ހަދާފައި އޮތް ގޮތުންނާއި އެޑްވާންސް ޕޭމަންޓު ދީފައި އޮތުމުން އިތުރަށް ކޮށްފައި ހުރީ ކޮން މަސައްކަތެއްކަން މި ސަރުކާރަށް ނޭނގި ފައިސާ ހޯދަން ޑިމާންޑުކުރަން ފެށި ކަމަށާއި މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާތީ މި ސަރުކާރުން ވެސް 15 މިލިޔަން ޑޮލަރު އެފަރާތަށް ދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

“އެހެންނަމަވެސް އެފަރާތުން ޑިމާންޑުކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް، އެބޭފުޅުން ޑިމާންޑުކުރާ އަދަދަށް ފަސާދޭން. ހަގީގަތުގައި އަޅުގަނޑުމެން ބަލާލި ބެލުމުން އެތާނގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށްވާ ވަރަށް މަސައްކަތްކޮށްފަ އޮތީ. އެހެންނަމަވެސް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 20 މިލިޔަން ޑޮލަރު ދީފައި އޮތީމަ، އެބޭފުޅުން 15 މިލިޔަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް ބޭނުމެއް ނުވި.” މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި ގިރާވަރު ފަޅު އެއްބަސްވުން ހަދާފައި އޮތީ އެ ކުންފުންޏާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނާ ދެމެދުގައެވެ. އެހެންކަމުން މި އެއްބަސްވުން އުވާލުމަށް ޓަކައި އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ސަރުކާރުން މަސައްކަތް މިކުރަނީ އެފަރާތާއެކު ވެފައިވާ އެގްރީމެންޓު ޓާމިނޭޓްކުރެވުނުހާ އަވަހަކަށް ގިރާވަރުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭތޯ. ދެން އަޅުގަނޑުގެ ވިސްނުމެއް ނޫން ބިންހިއްކެންދެން މަޑުކޮށްގެން ހުރުމެއް، އެހެންވީމަ މިހާރު މިނިސްޓްރީގެ ތެރެއިން ލޭންޑްޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލު މިދެންނެވީ ގިރާވަރުން ގުޅީފަޅަށް 2،000 އެއްހާ ގޯތި ތި ބަދަލުކުރީ. އެހެންވީމާ އާ ލޭންޑްޔޫސް ޕްލޭން ތަންކޮޅެއް ތަނަވަސް ގޮތެއްގައި ހަދަންޖެހޭ. އެ ލޭންޑްޔޫސްޕްލޭނުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދޭ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށްފަ، އެއްބަސްވާކަމުގައިވާނަމަ، ގުރުއަތު ނަގައިގެން އެފަރާތްތަކަށް ލިބޭތަން ކަނޑައަޅާފައި ހިއްކޭ މިންވަރަކުނ،ް މިހާރު ވެސް ހިއްކިފައި އެބައޮތް 60 ހެކްޓަރުވަރުގެ ބިން، ބިން ހިއްކިފައި ހުރި ތަންތަނުގެ ބިން ހުރި ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށާނަން.” މުއްތަލިބު ވިދާޅުވިއެވެ.

ބިން ހިއްކެންދެން ގޯތިނުދީ ތިބުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގަ ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުޅުމާލޭ ފޭސް 3 އަދި ގިރާވަރުން ބިން ހިއްކޭ ވަރަކުން ގޯތި ދެމުންދިޔުމަކީ ސަރުކާރުގެ މިހާރުގެ އަމާޒެއް ކަމަށާއި ސާވޭއެއް ހެދުމަށްފަހު ހިއްކިފައި ހުރި ބިމުން ގޯތި ދޫކޮށް ކަނޑަޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެެވެ. އަދި ވެރިފަރާތުން ބޭނުންވާ ނަމަ އެ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަވެސް ދެވޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް