Advertisement

މިއަދަށްވުރެ މާދަމާ އުދައަރާލެއް ބޮޑުވާނެ: މެޓް އޮފީސް

އަދަށްވުރެ މާދަމާ ރާއްޖެއަށް އުދައިގެ އަސަރު ކުރާނެ މިންވަރު ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

“ހަވާސާ” އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މިއަދު އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މާލެއަށް ކަމަށެވެ. އިއްޔެވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ބައެއް ސަރަހައްދުތައް ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވަނީ އެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

Advertisement

ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދުވެސް އުދައިގެ އަސަރު ކުރާނެ ކަމަށާއި އެކަމަށް އެންމެހާ ފަރާތްތަކުންވެސް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ން އިލްތިމާސް ކޮށްފައިވެ އެވެ. އަދި މިއަދަށްވުރެ މާދަމާ ދިޔަވަރު ބޮޑުވާނެ ކަމަށާ މިހާރުވެސް ބާނި ފެންނަން އެބަހުރި ކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެ އެވެ.

“ބާނި ބޮޑުވާނެ މިއަދު. މިއަދަށްވުރެ މާދަމާގެ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ. ރާއްޖޭގެ އިރުމަތީ އަދި ހުޅަނގުބިތުގައި ބޮޑެތި ބާނިތައް އެބަހުރި. އެހެންވީމާ، މާދަމާ އުދަ އެރުމުގެ ފުރުސަތު ބޮޑު. އަޅުގަނޑުމެންނަށް މާދަމާ ސެޓަލައިޓުން ލިބޭ އަޕްޑޭޓްތަކަށް ބަލާފަ އިތުރު ސަމާލު ނެރޭނީ” މެޓް އޮފީހުން މައުލޫމާތުދީފައިވެ އެވެ.

މިވަގުތު ރާއްޖެއަށް މި ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިއަދު ރާއްޖޭގެ ކަނޑުތައް އާދާއިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދާއިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ނެރުނު މައުލޫމާތުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި