Advertisement
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ސަރުކާރުގެ ދައުރަށް ތިން އަހަރު ފުރެން ގާތްވެފައިވާއިރު، ދައުލަތް ހިންގުމުގައި އަދިވެސް ތަޖުރިބާ މަދުކަން ފާހަގަކުރައްވައި ޝާހިދު ފާޑުވިދާޅުވެއްޖެ

މި ސަރުކާރުގެ ތިން އަހަރުގެ ތަޖުރިބާއަށް ބައްލަވައި، އިގްތިސާދީ ގޮތުން ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ އިތުބާރެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ދައުލަތް ހިންގުމުގައި މި ސަރުކާރު އަދިވެސް އުޅެނީ ތަޖުރިބާ މަދު، ދަސްކުރާ ފެންވަރެއްގައި ކަން ފާހަގަކުރައްވަމުންނެވެ.

ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އިގްތިސާދީ ގޮތުން ގައުމު ކުރިއަށްގެންދާނެ ސާފު މިސްރާބެއް މި ސަރުކާރަށް އެނގިފައި ނުވެއެވެ. އަދި މިނިވަން ދުވަސް ފަދަ މުހިންމު މުނާސަބަތުތަކުގައި ބައިބައިވުން އުފެދޭނެ ކަންކަމުން ދުރުހެލިވެ، ގައުމީ އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެކަތިގަނޑަކަށް ވެވޭނީ އައު ވިސްނުންތަކަށް ފުރުސަތު ދީގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement

ގައުމިއްޔަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެއީ ހަމައެކަނި ދުލުން ބުނާ ބަހަކުން ނުވަތަ ދައްކާ ވާހަކައަކުން ދެމިއޮންނާނެ ކަމެއް ނޫން ކަމަށެވެ. ގައުމީ ދިދައަށް އިހުތިރާމް ކުރުމަކީ ހަމައެކަނި އެންގުމަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ދައުލަތުގެ އިމާރާތްތަކުގައި ހުންނަ ދިދަތައް ބާވެ، ވީދިފައި ހުރުމަކީ ގައުމިއްޔަތަށް ލިބޭ އުނިކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އަޅުގަނޑު ސަރުކާރަށް ގައުމިއްޔަތުގެ މި މުނާސަބު ދުވަހުގައި ގޮވާލަން ހަމަ މިއަދުން މިއަދަށް ސަރުކާރުގެ ހުރިހާ އިމާރާތެއްގައި ހުރި ދިދައެއް ބެއްލެވުން، އޭގެ ތެރެއިން ކުލަވެއްޓިފައި ވީދިފައި ހުރި ދިދަތައް ބާލަން، އާ ދިދަ ފެހޭނެ ވަރު ސަރުކާރުގެ ބަޖެޓުގައި ނެތިއްޔާ އައު ދިދައެއް ލިބުނީމަ ނަގާނީ، ކުލަވެއްޓިފައި ބާވެފައި އިރައިގެން ގޮސްފައި ހުންނަ ދިދައެއް ބެހެއްޓީމާ ގައުމިއްޔަތަށް ލިބޭ ނިކަމެތިކަން މާ ބޮޑު.
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް ދިވެހިންނަށް ފަހުރުވެރިކަމާއެކު މިނިވަންކަން މަތީގައި ނޭވާލުމުގެ ފުރުސަތު ލިބިފައިވާތީ އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމާއި، ގައުމުގައި އިގްތިސާދީ ގޮތުން ދަތިތައް އެބަހުރި ކަމަށެވެ. އަދި ތަރައްގީގެ ހުރަސްތަކާ ގުޅޭގޮތުން ހަގީގަތަށް ވާހަކަދައްކަން ކެރޭ ބަޔަކު ދިވެހިންގެ ތެރޭގައި ތިބުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް އިގްތިސާދީ ގޮތުން ގައުމު މިނިވަން އައްސޭރިއަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ސަބަބަކީ ސަރުކާރަށް ތިން އަހަރު ފުރެންދާއިރު ވެސް ދައުލަތް ހިންގަންވީ ގޮތް ސަރުކާރުގެ އިސް ވެރިންނަށް ރަނގަޅަށް އޮޅުން ފިލާފައި ނެތުމުން ކަމަށެވެ. އަދި ދައުލަތް ހިންގަނީ “އެލް ބޯޑު” ޖަހައިގެން ކަމަށް ވިދާޅުވެ ޝާހިދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ