Advertisement
އެއް ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ދެ މީހުން: ދެ މީހުންވެސް ވަނީ އެއީ އެ މީހުންގެ ތަކެތި ކަމަށް އެއްބަސްވެފައި --- ފޮޓޯ: ފުލުހުން

އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުއިރު، ތިން ލައްކަ ރުފިޔާ ވެސް ފެނުނު

މިދިޔަ މަހުގެ 23ގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރިއިރު، އެ ދެ މީހުން ދިރިއުޅޭ ގެއިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަން ހާމަވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް, 38, އާއި ގ. މޫންލައިޓްވިޔު، މުޙައްމަދު ޢުމައިރު, 58, އެވެ.

Advertisement

އެ ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި އެ ދެ މީހުން ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު ދެ މީހުން ވަނީ، އެ މަސްތުވާތަކެއްޗަކީ އެ މީހުންގެ ތަކެތި ކަމަށާއި މަސްތުވާތަކެތިން ވިޔަފާރިކޮށްގެން ލިބިފައިވާ ފައިސާ ގެންގުޅުނު ކަމަށް އިއުތިރާފުވެފައެވެ.

އެ މައްސަލައިގައި މާޝާގެ ބަންދު މުއްދަތު ހަމަވުމުން އިއްޔެ އޭނާ ވަނީ އަނެއްކާވެސް ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކޮށްފައެވެ.

އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުރަތަމަ ހައްޔަރުކުރީ އުމައިރެވެ. އެއަށްފަހު އޭނާ ދިރިއުޅޭ ގެޔަށް ފުލުހުން ގެންދިޔައިރު، އެ ގޭގައި މާޝާ ހުއްޓެވެ.

އެ ގެ ބަލައިފާސްކުރިއިރު، އެކި ތަންތަނުން މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ. އަދި އެ ގޭގެ ސިޓިންރޫމުގައި ހުރި ކޮފީ ޓޭބަލްއިން، ބޭރުން ރަބަރު އަޅުވާފައި އޮތް ކަޅު ކޮތަޅެއް ފެނުނު ކަމަށާއި އެ ކޮތަޅުން 387،500 ރުފިޔާ ފެނުނު ކަމަށް އަމުރުގައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ފައިސާއާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއީ އުމައިރުގެ ތަކެތި ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާޝާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކޮށްފައިވާކަމުގެ ހެކި ވެސް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.

އެ މައްސަލައިގައި މާޝާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. އޭނާއާއެކު ހައްޔަރުކުރި އުމައިރުގެ ބަންދަށް މި މަހުގެ ނުވަަވަނަ ދުވަހު 30 ދުވަސް ޖަހައިފައިވާއިރު، އޭނާ ދެން ކޯޓަށް ހާޒިރުކުރާނީ އަންނަ މަހުގެ އަށެއްގައެވެ.

އެ ދެ މީހުންނަށް ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ގެންގުޅުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުން، މަސްތުވާތަކެތީގެ ބާވަތަށް ބަލައި އުމުރަށް ޖަލަށް ލުމާއެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް