Advertisement

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކުރައްވައިފި އެވެ.

މަހީރާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވާއިރު، އެ އިދާރާގެ ރަސްމީ ވެބްސައިޓުން މިހާރު ވަނީ އޭނާގެ ޕްރޮފައިލް އުނިކޮށްފަ އެވެ.

Advertisement

މަހީރާ މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރައްވާފައި މިވަނީ އެ ޓްރައިބިއުނަލްގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަމްޖަދު މުސްތަފާ އައްޔަންކުރައްވާފަ އެވެ.

އަމްޖަދު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަގާމުން ވަކިކުރެވުނު މަހީރާ އާއި އިސްތިއުފާ ދެއްވި އިސްހާގު ހުސައިން އެ މަގާމުތަކަށް އައްޔަންކުރެއްވީ އެއް ދުވަހެއްގަ އެވެ. އެއީ 15 އެޕްރީލް 2024 ގަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލާ ބެހޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، ކުއޭސީ-ޖުޑީޝަލް އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރުން ފަދަ މައްސަލަތައް ބަލައި ހައްލު ހޯދައިދިނުމެވެ.

ގާނޫނު ބުނާގޮތުން، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ހުރިހާ މެންބަރުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް