Advertisement

ސަވާހެލި އައްޑޫ ސިޓީގެ އިޚްތިޞާޞުން ވަކިކުރުމުން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަވާހެލި، އެ ސިޓީގެ އިޚްތިޞާޞުން ވަކިކޮށް މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން އެރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. މިއީ އައްޑޫގެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ޚާއްޞަކޮށް ފޭދޫގެ އިތުރުން މުޅި އައްޑޫގެ ގެސްޓްހައުސް ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް އުއްމީދީ މަޝްރޫޢެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

“އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ކައުންސިލުގައި ހޭވެސް އަހާނުލައި ސަރުކާރުން މި ނިގުޅައިގަތީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެއް،” ޝާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތް ނިންމަންވާނީ މާލޭގައި ފިނި ކޮޓަރިތަކުގައި ތިބޭ ބަޔަކު ނޫން ކަމަށާއި، އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ ފުރިހަމަ ބާރު އެ ސިޓީގެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށެވެ.

އައްޑޫގެ ފަތުރުވެރިކަމާ ގުޅިފައިވާ ސަވާހެލި، ވަގުތުން ވަގުތަށް އެ ސިޓީގެ ރައްޔިތުންނާ އަނބުރާ ހަވާލުކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުންގެ މެދުގައިވެސް މިހާރު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ