އިދިކޮޅު އެމްޑީޕީގެ މަގު ޗާޓް ކޮމެޓީ އެކުލަވާލައިފި އެވެ.
އެމްޑީޕީން ރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ. އަދި މި މަގު ޗާޓުގެ މައްސަކަތް ނިންމުމަށް ޗެއަރޕާސަން ވަނީ ކޮމިޓީއެއް އެކުލަވާލާފައި ކަމަށެވެ.
މިކޮމިޓީގެ މެންބަރުންނަކީ:
* ފައްޔާޟް އިސްމާއިލް (މުޤައްރިރު) – މއ. ބޯގަންވިލާ / މާލެ
* މާރިޔާ އަޙްމަދު ދީދީ – ގ. އޮއިނާށި / މާލެ
* އިމްތިޔާޒް ފަހްމީ – މ. އަފްޒާ / މާލެ
* އަބްދުﷲ ސާދިޤް – ކައުސަރު / ސ. ހިތަދޫ
* އުރޫފް އަޙްމަދު – ނިއުލައިޓް / ލ. ކަލައިދޫ
* އިބްރާހިމް ވަޙީދު – މ. ބަނަފްސާވިލާ / މާލެ
* މުޙައްމަދު ރަޝީދު ޙުސައިން – މ. ޖަވާހިރުވާދީ / މާލެ
* އަޙްމަދު އަބްދުﷲ – އޯޝަންވިލާ / ހއ. ތަކަންދޫ
* މަޙްފޫޒް ސައީދު – ވިކްޓަރީ / ގއ. ކޮލަމާފުށި
* ޔާސިރު ޢަބްދުލްލަޠީފް – މިޒާޖް / ހދ. ކުޅުދުއްފުށި
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަށް ފަހު އެ ޕާޓީގެ ހިންގުމަށް މުހިންމު ބައެއް ބަދަލުތައް ދަނީ ގެންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު