Advertisement

އެމްއެމްއޭއާއި ވިލާ ކޮލެޖް ގުޅިގެން ތަމްރީން ހިންގަން އެއްބަސްވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ވިލާ ކޮލެޖް ގުޅިގެން ތަމްރީންތައް ހިންގަން އެއްބަސްވެއްޖެއެވެ.

މިއަދު އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގަވަރނަރު  އަޙުމަދު މުނައްވަރެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ.

Advertisement

އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއާއި ވިލާ ކޮލެޖުން އިޤްތިޞާދީ އަދި މާލީ ދާއިރާއިން ތަމްރީނާއި ދިރާސާތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެމްއޭއިން  ބުނީ މި އެއްބަސްވުމުގެ ޒަރީޔާއިން ތަމްރީން ލިބޭ ފަރާތްތަކުން މަތީގައިވާ ދާއިރާތަކުން މަސައްކަތަށް އިތުރަށް ހުނަރު ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި ދެ ފަރާތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުރިހަމަ ދިރާސާތައް ހެދޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް