Advertisement
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޒަކާތާ ގުޅޭ ޚާއްޞަ 4 ފޮތެއް ނެރެދެއްވުން ފޮޓޯ:ރައީސް އޮފީސް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޒަކާތާ ގުޅޭ ޚާއްޞަ 4 ފޮތެއް ރައީސް ނެރެދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބާއްވާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ގެ ތެރެއިން، ޒަކާތާ ގުޅޭ މުހިންމު 4 ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގެ ތެރެއިން މި ފޮތްތައް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ އަލަށް ނެރުނު 4 ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މީގެ އިތުރުން “ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް” މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަންވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

Advertisement

ޒަކާތު ހައުސްއިން އަލަށް ނެރުނު 4 ފޮތަކީ:

  • ޒަކާތާއި އަޤީދާ
  • ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު
  • ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް
  • ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ

މި އެކްސްޕޯ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ. އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މީގެ އިތުރުން، މިހާރު ހުޅުވާލާފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުމުގެ އިންތިޒާމުވެސް އެ ސްޓޯލުގައި ވަނީ ހަމަޖެހިފައެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ޒަކާތު ކުއިޒު” ގައި ބައިވެރިވެގެން ކޮންމެ ދުވަހަކުވެސް ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި