Advertisement
އީސީގެ މެންބަރު ޝަކީލް: އޭނާ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ވަނީ ރުހުންދީފައި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރަން ރުހުންދީފި

މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އަލުން އައްޔަންކުރި މުޙައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ޝަކީލް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވީ އިއްޔެއެވެ. އޭނާގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީވެސް އިއްޔެއެވެ.

Advertisement

މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކުރަން އިންޓަވިއުކޮށްފައިވާތީ، އަދި އޭނާގެ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި މިދިޔަ ހަފުތާގައި އެ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފައިވާތީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިތުރު އިންޓަވިއުއެއް ކުރުމަކާ ނުލާ ޝަކީލަށް ރުހުންދޭން ފެންނަ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ޝަކީލް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހައިފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޝަކީލަށް ރުހުންދޭން ފެންނަ ކަމަށް 51 މެންބަރުން ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވިއެވެ. އެންމެ ފަހުން ޝަކީލް ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އަދި އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމާ ހަމައަށް ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުވެސް ފުރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ