މީރާގެ ޖޫން މަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެ އިދާރާއަށް މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 145 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ޖުމްލަ 61.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 50.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 ޕަސެންޓް އިތުރު އަދަދެކެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހަކު އަދާކުރަން ޖެހޭ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކިދާނެ އެވެ.
މި ވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަކީ 9264.15ރ. އެވެ.


ކިޔުންތެރިންގެ ހިޔާލު