Advertisement

ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ކޮމާޝަލް ސަރަހައްދުން އޯޕަން މާކެޓް ޑިމާންޑަށް ޔުނިޓްތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ދެ ޔުނިޓެކެވެ.

Advertisement

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން ކުއްޔަށް ދޫކުރާނީ HIY12-G-02 (546.27 އަކަފޫޓު) އަދި HIY10-G-03 (554.66 އަކަފޫޓު) ގެ ދެ ޔުނިޓެވެ. މި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިން އޮންނާނީ މި މަހުގެ 14 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 17ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ އެއްޗަނަ ދުވަހުގެ މެންދުރު 13:00 އިން 14:00 އަށް އެޗްޑީސީ ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ.

ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 14:00 ގައެވެ. ހުރިހާ ޕްރޮޕޯސަލްތަކަކާއެކު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫޢާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓް އެޗްޑީސީގެ ކޯޕަރޭޓް ވެބްސައިޓް (www.hdc.mv) އަދި ޕްރޮޕަޓީޒް ވެބްސައިޓުން (properties.hdc.mv) ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޭވަށު އިންތިހާބު މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ

ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ ބޮޑު ޖޫރިމަނާއެއް

ބައްސާމް ގަތް ޕެންޓްހައުސްއާ ގުޅޭ ހުރިހާ މުއާމަލާތެއް ހައިކޯޓުން ހުއްޓުވައިފި

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި