އައްްޑޫސިޓީގައި މިދިޔަ އާދިއްތަދުވަހު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މިއަދު ނިޔާވެއްޖެއެވެ.
އައްޑޫސިޓީ ބޮޑުމަގުގައި ހިނގި މި އެކްސިޑެންޓްގައި ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން ދިޔައީ ހިތަދޫއަށް ނިސްބަތްވާ ރަމީޒް އަބްދުﷲ އެވެ. އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ފަރުވާދިނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
އެއަށްފަހު ރަމީޒް ވަނީ އޭޑީކޭއަށް ގެނެސް އައިސީޔޫގައި ބާއްވައިގެން ފަރުވާދީފައެވެ. އޭނާގެ އާއިލާގެ ފަރާތުން ކުރިންވެސް ބުނެފައިވަނީ، އެކްސިޑެންޓްގައި ރަމީޒުގެ ފުރާނައަށް ގެއްލުން ވާވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.
ވިޑިއޯތަކުން ފެންނަ ގޮތުގައި ރަމީޒު ދުއްވި ސައިކަލްގައި ޖެހިފައިވަނީ މަގުގެ ނުގަވައިދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެކެވެ.


ކިޔުންތެރިންގެ ހިޔާލު