ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގެ ހަ ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އާންމުން ބޭނުންވާ ސުވާލުތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ފޯރަމް އޮންނާނީ އެ ދުވަހުގެރޭ 9:00 ގައި ޕީއެސްއެމްގެ ޓީވީ އިމާރާތުގައެވެ.
މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ފަސް ވަޒީރުންނަކީ:
- ފިނޭންސް މިނިސްޓަރު: މޫސާ ޒަމީރު
- ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު: ތޯރިގް އިބްރާހިމް
- ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު : ޑރ.އަބުދުﷲ މުއްތަލިބު
- ޔޫތު މިނިސްޓަރު: އިބްރާހިމް ވަހީދު (އަސްވާޑު)
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މި ފޯރަމްއަކީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ އިވެންޓެކެވެ. “އަހާ ފޯރަމް” ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މި އަހާ ފޯރަމްގައިވެސް އެހެން ފޯރަމްތަކެކޭ އެއްގޮތައް އާންމުން ސުވާލު ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި ފަހަރު ސުވާލު ކުރުމަށް އެކްސް، ފޭސްބުކް އަދި ޕީއެސްއެމް އެއާ އިން ސުވާލު ހުށަހެލޭ ގޮތައް ވަނީ ހުޅުވާލެވިފައެވެ.
“އަހާ” ފޯރަމްގެ ތާރީހަށް ބަލާއިރު، މި ފޯރަމްގެ ފުރަތަމަ އެޑިޝަން ބޭއްވީ މިދިޔަ މެއި މަހުގައެވެ. އޭގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކު ވެސް ވަނީ ފޯރަމެއް ބާއްވާފައެވެ. މިއަދާ ހަމައަށް އައިއިރު، މިއީ “އަހާ” ފޯރަމްގެ ހަވަނަ އެޑިޝަނެވެ.


ކިޔުންތެރިންގެ ހިޔާލު