ރައީސް ވިދާޅުވީ، ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން މަސައްކަތްކުރާ ބަޔަކަށްވާއިރު ސިފައިންގެ ލާބައާއި ކުރިއެރުމަށް ކަންކަން ކުރުން މުހިންމު ކަމަށެވެ.

“ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ހިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއްވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާގޮތަށް އޮތްއޮތުން އެއީ ބަދަލުވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ ސިފައިންގެ ހިދުމަތްކުރުމުގައި ދެމި ހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްތުކުރަން. އެގޮތަށް ބަދަލުކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިފައިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ބަނޑޭރި ކޮށި ސަރަހައްދުގައި ޒަމާނީ ހައުސިން މަޝްރޫއެއް ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ފަށައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުންވެސް ސިފައިންނަށް ލިބޭ ފުރުސަތުތައް އިތުރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިފައިން ތަމްރީނު ވުމަށް މިހާރު ހުރި ވަސީލަތްތައް އިތުރުކޮށް ރާއްޖެއިން ބޭރުންވެސް ތަމްރީނުވުުގެ ފުރުސަތުތައް ސިފައިންނަށް އިތުރުކުރާނެ ކަމަށެވެ.