Advertisement

ފީނަން މޫދަށް އެރުނު އެމެރިކާ ޓޫރިސްޓަކު މަރުވެއްޖެ

އދ.އަތޮޅު ރިސޯޓެއް ކައިރިން މޫދަށް ފީނަން ފައިބާ އުޅުނު ފަތުރުވެރިޔަކު މަރުވި މައްސަލަައެއް ތަހުގީގުކުރަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ފާއިތުވި އާދީއްތަދުވަހު މެންދުރު 12:30 ހާއިރު އެ ހިދުމަތަށް ރިޕޯޓުކުރި މި ހާދިސާގައި އެ ފަތުރުވެރިޔާ މަރުވީ އދ.އަތޮޅުގެ ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން ފައިބާ އުޅުމުގެ ތެރޭގައެވެ. އެ ރިސޯޓުގެ ނަމެއް ފުލުހުން ހާމަނުކުރެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހަށް ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ފަސް އަހަރު މޫދުގައި ހިނގި އެކި ހާދިސާތަކުގައި ރާއްޖޭގައި 112 ފަތުރުވެރިން މަރުވެފައިވެއެވެ.

ފާއިތުވި އަހަރު އެކަނިވެސް 20 ފަތުރުވެރިން މޫދަށް ގެނބިގެން މަރުވިއެވެ. ފާއިތުވި ފަސް އަހަރު ގެނބިގެން މަރުވި ފަތުރުވެރިންގެ އަދަދު 68 އަށް އަރާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފީނަން ގޮސް އުޅުނު 42 ފަތުރުވެރިޔަކު މަރުވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އަދި ފީނުމަށާއި ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ހިނގި އެކި ހާދިސާތކުގައި ނުވަ މީހަކަަށް އަނިޔާވެފައިވާކަމަަށްވެސް ފުލުހުން ބުންޏެވެ.

މޫދަށް އެރިއުޅޭ ފަތުރުވެރިން މަރުވާ މައްސަލަތައް އިތުރުވަމުންދިޔައިރު އެ މައްސަލަ ހައްލުކުރުމަށް ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ގަވާއިދެއް ފާއިތުވި ފަސް އަހަރު ތެރޭ އެކުލަވައިލެވިފައި ނެތަތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މި ސަރުކާރުންވަނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަތުރުވެރިން ގޮވައިގެން އެކްސްކާޝަންތަކަށް ދާއިރު ކަށަވަރުކުރަންޖެހޭ ކަންކަން ހިމެނޭ ގަވާއިދުތަކެއް އެކުލަވައިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް