މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ވެބްސައިޓް ހެކްކޮށްފިއެވެ.
އެމްއެމްއޭ ގެ ވެބްސައިޓް ކަމަށްވާ “www.mma.gov.mv” ހެކުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަން ކޮށްފައިވަނީ ކޮން ބައެއްކަމެއް އަދި ސާފުވެފައިނުވެއެވެ. ނަމަވެސް އެމްއެމްއޭގެ ވެބްސައިޓުން މިއަދުގެ 3:25 އާއި ހަމައަށް ފެންނަން ހުރީ އިންޑޮނޭޝިއާ ބަހުން ލިޔެފައި ހުރި އިސްތިހާރުތަކެކެވެ. 3:25 ގައި މި ވެބްސައިޓް ވަނީ ޑައުންކޮށްފައެވެ.

މިކަމާއި ގުޅިގެން އެމްއެމްއޭގެ އެއްވެސް މަޢުލޫމާތެއް ލީކުވީކަމުގެ ނުވަތަ ގެއްލުމުގެ ފުރުސަތެއް އޮންނާނެތޯ ބެލުމަށް އެމްއެމްއޭގެ އޮފިޝަލުންނަށް ގުޅި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު