Advertisement
ފޮޓޯ: އެމްއެންޑީއެފް

ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް “އޮގްޒޮން ކެރިއަރ 2” ނަމަކަށްކިޔާ ދޯންޏެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:22 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ލަސްނުކޮށް އެ ސަރަހައްދަށް ދަތުރުކޮށް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

Advertisement

އެމްއެންޑީއެފުން ކުރި މަސައްކަތުން ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރުފަހު 14:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ފަސް މީހުން ތިއްބެވެ. ނަމަވެސް، އަލިފާން ރޯވުމާއެކު އެ މީހުން ވަނީ ކައިރީގައި އޮތް އެހެން ދޯންޏަކަށް އަރައި ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން ދޯނީގެ އިންޖީނު ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް