ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި މިއަދު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް “އޮގްޒޮން ކެރިއާ 2” ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/Oe6UKaHVL7
— Maldives National Defence Force (@MNDF_Official) May 9, 2026
އެ ދޯނީގައި މީހުން ތިބި ކަމުގެ މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ.
ތަފުސީލް އަންނަނީ..


ކިޔުންތެރިންގެ ހިޔާލު