Advertisement

ބަލިތަކުން ރައްކާތެރިވުމަށް އީދުގެ ކުރިން އިންފްލުއެންޒާ ޖެހުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރު ރޯގާ ގަދައަށް ފެތުރެމުންދާތީ، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގެ ކުރިން، ރައްކާތެރިވުމުގެ ގޮތުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.

ޑރ. މުހައްމަދު އަލީގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވީ ބަންދުގެ ދެ ހަފުތާ ކުރިން އިންފްލުއެންޒާ ވެކްސިން ޖެހުން މުހިންމު ކަމަށެވެ. އެއީ އެ ވެކްސިންގެ އަސަރު ހަށިގަނޑަށް ކުރާނީ ދެ ހަފުތާ ފަހުން ކަމަށް ވުމުން ކަމަށެވެ.

Advertisement

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މި ދުވަސްވަރު ރޯގާޖެހޭ މިންވަރު އިތުރު ކަމަށެވެ. އެހެންކަމުން ރޯގާ އާއި މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށެވެ.

މީގެ އިތުރުން ހައްޖަށް ނުވަތަ އުމްރާގެ އަޅުކަމަށް ދަތުރުކުރާ ފަރާތްތަކުންވެސް ބަލިތަކުން ރައްކާތެރިވުމަށް ދަތުރުރަށް ފެށުމުގެ ދެ ހަފުތާކުރިން ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިންޖެހުމަށެވެ.

“ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާ އާންުމުކޮށް ނަގާނެ، އެެހެންކަމުން ފުރުމުގެ ދެ ހަފުތާކުރިން ވެކްސިން ޖެހުން މުހިންމު.” އެޗްޕީއޭއިން ބުންޏެވެ.

ބަލިތަކުން ރައްކާތެރިވުމަށް:

  • އަބަދުވެސް ސާފު ތާހިރުކޮށް ހުރުމަށާއި އުޅޭ ކޮޓަރި އަދި ފާހަނާ ސާފުކޮށް ބެހެއްޓުން.
  • ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް މާސްކް އެޅުން
  • ކާން ތައްޔާރުކުރުމުގެ ކުރިން، ކެއުމުގެ ކުރިން އަދި މީހަކަށް ކާންދިނުމުގެ ކުރިން ރަނގަޅަށް އަތްދޮވުން.
  • ފާހަނާ ކުރުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން.
  • ބޭރުގައި އުޅޭ އިރު އަތް ސާފުކުރުމަށް ސެނެޓައިޒާ ފުޅިއެއް ގެންގުޅުން.
  • ފެނާއި ދިޔާތަކެތި ގިނައިން ބޭނުންކުރުން.
  • ފިޒީ ޑްރިންކްސް، އެނާޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުން ނުކުރުން.
  • ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ރަނގަޅު ފަސޭހަ ފައިވާނެއް ބޭނުން ކުރުން.
  • ބައްޔަކަށް ބޭސް ބޭނުންކުރާނަމަ ވަގުތަށް ބޭސް ބޭނުންކުރުން.
  • ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ވަގުތަށް ބޭސް ބޭނުންކުރުން.
  • ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާނަމަ އާއްމުކޮށް ދައްކައިޑޮކްޓަރުގެ ފަހުގެ ބޭސްސިޓީތަކާއި ރިޕޯޓްތައް ގެންދިއުން.
  • ކޮންމެހެން ބޭނުންޖެހިގެން މެނުވީ ޖަނަވާރުން ވިއްކާތަނަކަށް ނުދިއުން.
  • ރޯ ކިރު ރަނގަޅަށް ކެއްކުމަށްފަހު މެނުވީ ބޭނުން ނުކުރުން.
  • މަހާއި އެއްގަމު މަހުގެ ބާވަތްތައް ބޭނުންކުރުމުގައި ރަނގަޅަށް ރޯފިލުވާފައި ހުރިކަން ކަށަވަރު ކުރުން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް