އެގޮތުން މިހާތަނަށް 60 އަށްވުރެ ގިނަ ސޮއި ހަމަކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ގައުމީ މަޖިލީހުގެ 10 މެންބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ލާޒިމްވާނެއެވެ.

ގަޕޯ ވަކި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި “ހޭވައްލާ ތައްޔާރު” ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދިން މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އެގޮތުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނިގޮތުގައި ޖަލްސާގެ އެޖެންޑާ ފުރަތަަމަ އެކުލަވާލި އިރު އޮތީ ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރިއިރު، އޮތީ އޭގެ ބަދަލުގައި މޭޔަރަކު ވާހަކަ ދައްކަވާ ގޮތަށެވެ. މި ހޫނުގަނޑުތެރޭގައި ނަޝީދު އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވީ “މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ” ކަމަށެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

އެކަމާ ގުޅިގެން ގަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ ޖަލްސާގައި ވާހަކަ ދައްކަވަން އެޖެންޑާކޮށްފައި އޮތީ އޭނާ އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕޭން މެނޭޖަރާއި ރިފަރެންޑަމް ކޮމިޓީގެ ޗެއާ ކަމަށެވެ. އަދި މަސްލަހަތު ގެއްލުވާލީ ނަޝީދާއި ފައްޔާޒަށް ވާހަކަފުޅު ދައްކަވަން ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށް ވެސް ގަފޫރު ވަނީ ވިދާޅުވެފައެވެ.

ގަޕޯ ވަކި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ޑެޕިއުޓީ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ސިޓީއެއް ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ. ގަޕޯ ސޮއިކުރައްވައި އެ ދެ ބޭފުޅުންނަށް ވެސް ފޮނުއްވި ސިޓީގައި ވަކިކުރި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ.