ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު، މުހައްމަދު ޖިހާދު މަގާމުން ވަކިކޮށްފިއެވެ.
ޖިހާދު މަގާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފެނަކަ ސީ.އެފް.އޯ ގެ މަގާމަށް ޖިހާދު އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ އަބްދުﷲ ވަހީދު ސީ.އެފް.އޯ ގެ މަގާމުން އިސްތިއުފާ ދިނުމަށްފަހުއެވެ.
އިއްޔެއާއި މިއަދު ސަރުކާރުން ވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި، ފެނަކަ އެމް.ޑީ އަދި ޑީ.އެމް.ޑީ ވެސް ހިމެނެއެވެ.
ސަރުކާރުން ޖިހާދު މަގާމުން ވަކި ކުރުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު