Advertisement
އެކްސިޑެންޓުގައި ކާރަށް ގެއްލުންވެފައި.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގާއި ހިތިގަސް މަގު ގުޅޭ ސަރަަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 2:15 ހާއިރު ކަމަށެވެ.

Advertisement

އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހިގެންނެވެ. އެ ހާދިސާގައި ސައިކަލުގައި ތިބި އުމުރުން 22 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.

އައިޖީއެމްއެޗުން ބުނީ ދެ މީހަކަށް އިމަޖެންސީ ރޫމުގައި މިވަގުތު ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނޫނެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި ކާރުގެ ފަހަތްކޮޅު އޮތީ އެއްކޮށް ބަނޑިވެފަ އެވެ. އަދި ސައިކަލުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް