Advertisement
ތ. ވޭމަންޑޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލާފައި --- ފޮޓޯ/ އެމްއޭސީއެލް

23 ދުވަހުން ވޭމަންޑޫގެ ބިން ހިއްކައި ނިންމާލައިފި

23 ދުވަހުން ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލާއެވެ. އެމްއޭސީއެލުން ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ފިލިޕޯ ބްރޫނެލެޝީ ބޭނުންކޮށްގެންނެވެ.

Advertisement

ރައީސްގެ އެކްސް ޕޯސްޓުގައި މިއަދު ވިދާޅުވީ ފާއިތުވި މާޗް 12 ގައި ފެށި ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ހަތަރު ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. އެއީ 23 ދުވަހުގެ ކާމިޔާބު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ މަސައްކަތުގެ ދަށުން ޖުމުލަ 27 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެއީ 882,693.00 ސީބީއެމްއެވެ.

މި ލަނޑުދަނޑިއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ސަރަހައްދީ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެ ލަނޑުދަނޑިއެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް