ރައްޔިތުން އެދެނީ އެމްޑީޕީން އެކުގައި މަސައްކަތްކޮށް މި ސަރުކާރު ބަދަލުކުރަން ކަމަށް ވިދާޅުވެ، އެކަމުގައި ފަހަތަށް ޖެހެވެންނެތް ކަމަށާ، އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރު އެކުގައި ނުކުމެ، މަސައްކަތް ކޮށްގެން އަދުގެ ސަރުކާރު ބަދަލުކުރަން އެބަޖެހޭ ކަމަށް، ވެސް ޝާހިދު މިރޭ ވިދާޅުވިއެވެ.
ޝާހިދު ވަނީ އެމްޑީޕީގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރު ބަލިކޮށްލައި، ރާއްޖެ ހަމަމަގަށް އެޅުވުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ އެތެރޭގައި އޮތް ހިޔާލުތަފާތުވުން އެއްކިބާކޮށް އެކީގައި މިހާރު މަސައްކަތްކޮށް، ރާއްޖެއަށް ހެޔޮ ގޮތް ހޯދަންވެއްޖެ ކަމަށެވެ.
“ތިލަފަތް ރަމްޒުކޮށްދެނީ، ކުރިއަށް ދިއުމާއި ތަރައްގީ. އެ އުންމީދުގައި އަޅުގަނޑުމެންނާއެކު ތިބި ހުރިހާ ރައްޔިތުންނާއެކު ކުރިއަށްދަމާތޯ! އަޅުގަނޑުމެންނަށް ފަހަތަށް ޖެހެވޭކަށް ނެތް! އަޅުގަނޑުމެން ކުރިއަށް ދާން ރައްޔިތުން އެދެނީ.” – އަބްދުﷲ ޝާހިދު
އެމްޑީޕީގެ ފަރާތުން ކައުންސިލަށާއި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރުއަދާކުރައްވާ، ދެ އިންތިހާބު އެއްކުރުމަށް ނޫނެކޭ ބުނެ، ރާއްޖޭގެ އިސްލާހީ މަސައްކަތަށް، ވޯޓުދެއްވި އެންމެ ބޭފުޅުންނަށް ފަށްފަށުން ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު