Advertisement
30 މާޗް 2026: ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުން --- ފޮޓޯ/ އެމްއޭސީއެލް

ސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފި އެވެ.

ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ.

Advertisement

އެމްއޭސީއެލުން ބުނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް, SV838ގެ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.

ސައުދިއާއިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް