ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އއ. އުކުޅަހަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އއ. އުކުޅަހަކީ އެމްޑީޕީގެ ސިޔާސީ އެތަކެއް ޙަރަކާތެއް ފެށިގެން އަންނަ، އަދި ޕާޓީގެ ސަޕޯޓާއި ފޯރި އަބަދުވެސް ވަރަށް ގަދަ ރަށެއް ކަމަށެވެ. މިއަދު އެ ރަށަށް ވަޑައިގަތުމުން އުކުޅަހު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އއ އުކުޅަހަކީ @MDPSecretariat ގެ ސިޔާސީ އެތަކެއް ޙަރަކާތެއް ފެށިގެން އަންނަ، ޕާޓީގެ ސަޕޯޓާއި ފޯރި ގަދަ ރަށެއް. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް މިއަދު އުކުޅަހަށް އައުމުން ވިދާޅުވި ހޫނު މަރުޙަބާއަށް އުކުޅަހު އެމްޑީޕީ މެމްބަރުންނަށާއި ސަޕޯޓަރުންނަށް ޝުކުރިއްޔާ.… pic.twitter.com/lzLG6co6G8
— Abdulla Shahid (@abdulla_shahid) March 22, 2026
އުކުޅަހުން ލިބުނު ހޫނު މަރުޙަބާއަށްޓަކައި އެ ރަށުގެ އެމްޑީޕީ މެމްބަރުންނަށާއި ސަޕޯޓަރުންނަށް ޝާހިދު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ރަށްރަށުގެ ހާލަތު ބައްލަވައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އުކުޅަހަކީ ތާރީޚީ ގޮތުންވެސް އެމްޑީޕީގެ މުހިންމު ނިންމުންތަކާއި ބޮޑެތި ޖަލްސާތައް ބާއްވާފައިވާ، އެ ޕާޓީގެ ވަރުގަދަ ކިއްލާއެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު